navLogo

ވައި ނުސާފުވެ، ކުރިއަށް އޮތް ހަފުތާގައިވެސް ދުންފުހުގެ އަސަރުކުރާނެކަމަށް މެޓުން ބުނެފި

ވައި ނުސާފުވެ، ކުރިއަށް އޮތް ހަފުތާގައިވެސް ދުންފުހުގެ އަސަރުކުރާނެކަމަށް މެޓުން ބުނެފި
ސޯސަލް މީޑިޔާ
މަރިޔަމް

ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓު އޮފީސް) އިން މިއަދު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ހަފުތާގައިވެސް ދުންފުހުގެ އަސަރު ރާއްޖެއަށް ކުރަމުންދާނެކަމަށާއި، މިކަމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ، ވައި ނުސާފުވާނެ ކަމަށެވެ.

މެޓު އޮފީހުން ވިދާޅުވި ގޮތުގައި، ދުންފުހުގެ ސަބަބުން އުތުރާއި މެދު ރާއްޖެ ތެރޭގައި މިހާރުވެސް ވައި ނުސާފުވެ، ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ދަށްވެފައިވެއެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައިވެސް މި ހާލަތު ދެމިއޮންނާނެކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

މިވަގުތު ރާއްޖޭގައި ދުރު ފެންނަ މިންވަރު ނުވަތަ ވިސިބިލިޓީ ހުރީ 5 ކިލޯ މީޓަރުގައެވެ. މެޓު އޮފީހުން ފާހަގަކުރެއްވި ގޮތުގައި، މީގެކުރީގެ ބައެއް އަހަރުތަކުގައި މި މިންވަރު 5000 މީޓަރު އަދި ބައެއް ފަހަރު 4000 މީޓަރަށްވެސް ދަށަށް ގޮސްފައިވެއެވެ.

އިރުވައި މޫސުމާ ކައިރި ދުވަސްވަރު މިފަދަ ހާލަތްތައް ކުރިމަތިވުން އާދަޔާ ހިލާފެއް ނޫން ކަމަށާއި، މިދިޔަ އަހަރުވެސް އިރުވައި މޫސުމާއި ކައިރި ދުވަސްވަރު ރާއްޖޭގައި ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

Rate this article

Leave a Comment

Comments (0)